މީހަކު ރަހީނު ކުރި މައްސަލައެއްގައި 4 މީހަކާއި ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި

މީހަކު ރަހީނު ކުރި މައްސަލައެއްގައި 4 މީހަކާއި ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި

Author
ހުސައިން
11 ފެބްރުއަރީ 2025 12:16
0

އައްޑޫ ސިޓީ ހިތަދޫގައި ރޭގެ ދަންވަރު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޖޯއްޔެއްގައި ބަނދެ އަނިޔާކޮށްފައި ހުރި 37 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އައްޑޫ ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ބަޔަކު ދުވެ ފިލަން މަސައްކަތްކުރި މަންޒަރު ފެނުމާ ގުޅިގެން ކުރި ތަހުގީގުގައި މި މީހާ ފެނިފައިވަނީ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓާ ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން 4 މީހުންނާއި 15 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.