ޗައިނާ އިންތިޒާމްކުރާ ނޫސްވެރިންގެ ސެމިނަރއެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާ އިންތިޒާމްކުރާ ނޫސްވެރިންގެ ސެމިނަރއެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާ ސަރުކާރުން އިންތިޒާމްކޮށްގެން، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީ.އާރ.އައި) ޕާޓްނަރ ގައުމުތަކުގެ ނޫސްވެރި ޖަމިއްޔާތަކުގެ އިސްވެރިންގެ ސެމިނަރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މިއަދު ހާމަކޮށްފިއެވެ.

މިސެމިނަރގައި ރާއްޖެއިން ބައިވެރިވާނެ ފަރާތްތަކަށް ދެކޮޅު ދަތުރާއި، ހުރުމާއި ކެއުމުގެ އިތުރުން އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ޗައިނާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އެމްއެމްސީން ހާމަކުރިއެވެ. މިކަމަށް، ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ވަނީ ދަޢުވަތު ދީފައެވެ.

މިއަހަރުގެ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިސެމިނަރގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެޕްލިކޭޝަންތައް އިންތިޒާމްކުރާ ފަރާތަށް ލިބޭ ތަރުތީބުންކަމަށް ޗައިނާ އެމްބަސީން ބުނެފައިވެއެވެ. އަދި މީޑިއާތަކަށް ޖުމްލަ ދެ ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮންލައިން އަދި ޕްރިންޓް މީޑިއާތަކަށް އެއް ޖާގައާއި، ބްރޯޑްކާސްޓިންގ މީޑިއާތަކަށް އެއް ޖާގައެވެ.

ސެމިނަރގައި ބައިވެރިވާން ބޭނުންވާ މީޑިއާތަކުން އެޑިޓަރެއް ނުވަތަ ސީނިއަރ ނޫސްވެރިއެއް ނޮމިނޭޓްކޮށް، އެފަރާތުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް، 10 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެމްއެމްސީއަށް ފޮނުވަންވާނެއެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފޮނުވުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު 7967919 އަށް ގުޅުމަށް އެމްއެމްސީން ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *