ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެއިމަހު ނިންމެވި ގޮތުގެ މަތިން، މިއަހަރުގެ މެއިމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި މާލެސިޓީ ކައުންސިލުން ބައިވެރިވާން ނިންމައިފިއެވެ.
މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 182 ވަނަ ރަސްމީ އާންމު ޖަލްސާގައި މި ނިންމުން ނިންމާފައިވާއިރު، މައުރަޒުގައި ބައިވެރިވުމާ ގުޅޭގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. މި މަޝްވަރާތަކުގައި ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލަށް 15 އައިޓަމް ބައިވެރިކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް މޭޔަރުގެ ނައިބު އަޙްމަދު ނަރީޝް ވިދާޅުވިއެވެ.
މީގެއިތުރުން، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން މައުރަޒުގައި ބައިވެރިކުރާނެ ތަކެތި އުފައްދާނެ ފަރާތްތައް ހޯދުމަށް އިޢުލާންކުރުމަށާއި، މި ތަކެތި މާލެ ސިޓީ ކައުންސިލުގެ ނަމުގައި ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަމައެހެންމެ، ވަކިވަކި ފަރުދުންގެ ގޮތުގައި އަމިއްލައަށް ތަކެތި އުފައްދައިގެން މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ