އެންސްޕާ ހިންގުމަށްޓަކައި އައު އިމާރާތެއް ހޯދަން އިއުލާން ކޮށްފި

އެންސްޕާ ހިންގުމަށްޓަކައި އައު އިމާރާތެއް ހޯދަން އިއުލާން ކޮށްފި

ގުޅުންހުރި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގުމަށްޓަކައި އައު އިމާރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ. މި ބީލަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުގެ ދަށުންނެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މީގެ އިތުރުން ބިޑު ސެކިއުރިޓީގެ ގޮތުގައި 252,000 ރުފިޔާ ބަހައްޓަންޖެހޭނެކަމަށް ވެސް ވަނީ އަންގަވާފައެވެ.

ބީލަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް މާދަމާއިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަސް ކަމުގައި ވާއިރު، ބިޑު ހުޅުވުން އޮންނާނީ 17 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ.

މި އިއުލާނު ކުރަން ޖެހުނު ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ، ކުރިން އެންސްޕާ ހިންގަމުން އައި އިމާރާތާ ގުޅޭގޮތުން ދިމާވެފައިވާ ބޮޑެތި މައްސަލަތަކެވެ. މީގެ ތެރޭގައި 34.8 މިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅިގެން ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގެއް ވަނީ ފަށާފައެވެ.

އެންސްޕާއިން ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ހިންގަމުންދާ މޫކައި ސުއިޓްސް އިމާރާތް މަރާމާތު ކުރަން ޖެހުމާ ގުޅިގެން އެ އިމާރާތް ހުސްކުރަން ޖެހި، އެމްއެމްޓީވީއަށް ކުއްޔަށް ދީފައިވާ އިމާރާތަކަށް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެންސްޕާއިން ފަހުން ބުނެފައިވާ ގޮތުގައި އެ މުއާމަލާތް ވަނީ ބާތިލުކުރުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ