ލ.މާބައިދޫ ކައުންސިލްގެ މެމްބަރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ލ.މާބައިދޫ ކައުންސިލްގެ މެމްބަރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
ހުސައިން
05 ފެބްރުއަރީ 2025 01:09
0

ލ.މާބައިދޫ ކައުންސިލްގެ މެމްބަރު ހަސަން ޒަރީރު މިރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ. އުމުރުން 58 އަހަރުގެ ޒަރީރު ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އެރަށުގެ ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ޒަރީރުގެ ހިތާމަވެރި ވަކިވުމާ ގުޅިގެން އިސްދޫ ދާއިރާގެ މެމްބަރު އިސްމާއީލް ޝަފީއު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓްގައި ޝަފީއު ވިދާޅުވެފައިވަނީ ޒަރީރުގެ ކުއްލި ވަކިވުމަކީ ޤަބޫލުކުރަން ދަތި، ނުހަނު އަސަރުކުރުވަނިވި ޚަބަރެއް ކަމަށެވެ. އަދި ޒަރީރަކީ އޭނާގެ ސިޔާސީ ހަޔާތުގައި ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން، މާބައިދޫގެ ގިނަ ރައްޔިތުންގެ ލޯބި އަބަދުވެސް ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމަށްވެސް ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.