ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއިބެހޭ ކޮންފަރެންސް އެމްއެންޔޫގައި ފަށައިފި

ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއިބެހޭ ކޮންފަރެންސް އެމްއެންޔޫގައި ފަށައިފި

Author
ހުސައިން
03 ފެބްރުއަރީ 2025 03:28
0

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގައި "ކްލައިމެޓް ރެސިލިއެންޓް އެގްރިކަލްޗާ ފޯ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް" ގެ ނަމުގައި ކޮންފަރެންސެއް ފެށިއްޖެއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވި މި ކޮންފަރެންސްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ސަރުކާރުގެ އެހެނިހެން ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ އަސަރުތައް ދެނެގަތުމާއި، އެކަމަށް ޙައްލު ހޯދުމެވެ. މީގެ އިތުރުން، ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި، ދަނޑުވެރިކަމާގުޅޭ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ކޮންފަރެންސްގައި ދަނޑުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުންނާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ޓެކްނިކަލް ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މި ކޮންފަރެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވި، އެކަމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.