ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު 5 މީހުންގެ މައްޗަށް ދައުވާކޮށްފި

ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު 5 މީހުންގެ މައްޗަށް ދައުވާކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 03:00
0

ރޫޓް ފިހާރައިގެ ފައިސާ ފޭރިގަންނަން އުޅުނު 5 މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ 25 އޮކްޓޫބަރު 2020 ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ފައިސާ، ޖަމާއަތްހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު މައްސަލާގައި 4 މީހަކަށް ދަޢުވާ ކޮށްފައިވަނީ  ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން ފޭރުމުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވާ 4 މީހުން:
– ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދުއާއި،

– ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރުއާއި،

– ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދުއާއި،

– ކ. މާލެ،  ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ

– ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީން

މީގެ ތެރެއިން ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް، ވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ވަނީ ކޮށްފައެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.