ޕާޓީ އުވާލުމަށް ނިންމައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ނަން އުނިކުރީ ޤާނޫނާ ޚިލާފަށް: އެމްއާރުއެމް

ޕާޓީ އުވާލުމަށް ނިންމައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ނަން އުނިކުރީ ޤާނޫނާ ޚިލާފަށް: އެމްއާރުއެމް

ޕާޓީ އުވާލުމަށް ނިންމައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީގެ ނަން އުނިކުރީ ޤާނޫނާ ޚިލާފަށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާތީ، އެ އަދަދު ހަމަކުރުމަށް އީސީން ދެއްވި ފުރުސަތުގައި އެ ޕާޓީއަށް އެ އަދަދު ހަމަކުރެވިފައެއް ނުވެއެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 3،000 މެންބަރުން ހަމަކުރުމަށް ދެވުނު ފުރުސަތުގައި އެކަން ނުކުރެވުމާ ގުޅިގެން، މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަނީ އެމްއާރްއެމްގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައެވެ.

އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން އީސީއަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވަނީ، އެމްއާރްއެމްއަށް 3،000 މެންބަރުން ހަމަވިޔަ ނުދިނުމަށް އީސީގެ ކުރީގެ ދެ މެންބަރަކާއި މިހާރުވެސް ކޮމިޝަންގައި ހުންނެވި މެންބަރަކު މަސައްކަތް ކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓަކުންވެސް ހާމަވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އީސީގެ ބައެއް މެންބަރުން މަޤާމުން ވަކިކޮށްފައިވާތީ، އެމްއާރްއެމްއާ މެދު އީސީން ޢަމަލުކޮށްފައިވާ ގޮތް އަލުން ތަޙްޤީޤުކޮށް، ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *