އިހަވަންދޫގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިހަވަންދޫގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ.ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، ހއ. އިހަވަންދޫގެ ހުރަވީ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު ސޮއިކުރެއްވިއެވެ.

މި މަޝްރޫޢަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢެއް ކަމަށްވާއިރު، ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. މީގެ ތެރޭގައި ފުޓްބޯޅަ، ފުޓްސެލް އަދި ހޭންޑްބޯޅަ ދަނޑުތަކާއި، ވޮލީބޯޅަ ކޯޓުތަކާއި، ރަށްރަށުގެ ރެކްރިއޭޝަން ސެންޓަރުތައް ތަރައްޤީކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ