ސިވިލްސާވިސް ކެޓަގަރީން ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅަކަށް ފްލެޓް ލިބުނު މައްސަލައެއް

ސިވިލްސާވިސް ކެޓަގަރީން ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅަކަށް ފްލެޓް ލިބުނު މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 01:14
0

ސިވިލްސަވިސް ކެޓަގަރީން ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅަކަށް ފްލެޓް ލިބުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފްލެޓްތަކުގެ މައްސަލަތައް ގާތުން ބަލައި މިކަމުގައި މަސައްކަތް ކުރަމުންދާ "އާއްމުންގެ އެކުވެރި ގުޅުން" ބުނެފައިވަނީ ސިވިލްސާވިސް މުވައްޒިފުންނަށް ފްލެޓް ލިބޭ ކެޓަގަރީގައި މިހާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމު ފުރުއްވަމުންދާ ޝަމްރާ ނަސީރަށް ފްލެޓް ލިބިފައިވާ ކަމުގެ ޝަކުވާ އެ ޖަމްއިއްޔާއަށް ލިބެމުންދާކަމަށެވެ.

ވަރަށްގިނަ ފަރާތްތަކުން މިޝަކުވާ ފޮނުވާފައި ވާތީ މިކަން ސަމާލުކަމަށް ގެންނަން. ސިވިލްސާވިސް މުވައްޒަފުންގެ ބައިން ސިޔާސީ މަގާމެއްގައިހުރި ފަރާތަކަށް ފްލެޓު ލިބިފައިވާކަމަށް ވާހަކަ ދެކެވޭތީ މިއީ ކިހިނެއްވާ ކަމެއްކަން ފްލެޓުކޮމެޓީން އެންމެހާ ސިވިލްސާވަންޓުންނަށް ސާފުކޮށްލަދިނުންއެދެން.

– އާއްމުންގެ އެކުވެރި ގުޅުން ބުނެފައިވެއެވެ.

ގެޒެޓްކުރި ލިސްޓުގައިވާ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފްލެޓްތައް ކަނޑައެޅިއިރު ނިސްބަތުން އެންމެ ގިނަ ފްލެޓް ދީފައި ވަނީ ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށެވެ. އެއީ 201 ފްލެޓެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް 169 ފްލެޓް ކަނޑައަޅާފައިވާ އިރު ތިން ވަނަ އަށް އެންމެ ގިނަ ފްލެޓް ދިނީ ހައުސިން މިނިސްޓްރީ އަށެވެ. އެއީ، 141 ފްލެޓެވެ. މިނިސްޓްރީތަކުގައި ފަންނީ އަދި މެނޭޖިރިއަލް އާއި އިދާރި އަދި ސަޕޯޓް ސާވިސް މުވައްޒަފުންނަށް ފްލެޓް ކަނޑައަޅާފައި ވަނީ އެކި އަދަދަށެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގައްގުބަސް
އިންސާފު ޖަހައިގެން އައިޑީ ހަދައިގެން ލާދީނީ މުރުތައްދު ވަގުންގެ ދިފާއުގައި ކިތައްމެ ވަރަކަށް ނޫސް ތަކުގައި ހުންނަ ޚަބަރުތަކަށް ކޮމެންޓް ކުރިޔަސް ހިޔާ ފްލެޓްތައް ލާދީނީ އެމްޑީޕީގެ ޕަޕެޓުންނަށް ބަހައިނުލާކަމަކަށް ނުވާނެ. ނުކުޅެދޭ ކުދިންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީންވެސް ދަރިއެއް ނެތް އާއިލާގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކުވެސް މީހަކުވެސް ނެތް އެމްޑީޕީގެ މީހުންނަށް ފްލެޓް ދީފައިޥާ އެބަހުރި.
ޖ ޖަރުމަނި
ކޮަސް ވާހަކަ ނުދައްކާ ޝަރުމާ އަކީ އޭރު ސިޔާސީ މީހެއް ނޫން ނޫސްވރިމަން ކުރަން ނޭގެންޏާ އަރާ ތިބެ ނިދާބަލަ އަނބިންގާތު
އ އިންސާފު
އެބޭފުޅާގެ ނަން ފުލެޓް ލިސްގަ އޮވެގެން ގިނަ ބޭފުޅުން މައްސަލަ ޖައްސަމުން ދާއިރު އެބޭފުޅާއަކީ ފޯމް ހުށައެޅި އިރު ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅެއް ނޫން. އެބޭފުޅާ ގެ މައްސަލަ ހުށަ އަޅާއިރު ލިސްޓްގަ މިހާރުވެސް ކުރިން ފިރިންނަށް ނުވަތަ އަނބިންނަށް ފުލެޓް ލިބިފަ ތިބި ބޭފުޅުންގެ ނަންތައް އެބަހުރި މިކަންވެސް ވަރަށް ގާތުން ހަމަ ބަލަން އެބަޖެހޭ