ވަގަށް ނަގާފައިވާ ބައިލައްކަ އަށްވުރެ ރުފިޔާ ހޯދައި، މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ބައިލައްކަ އަށްވުރެ ރުފިޔާ ހޯދައި، މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 01:00
0

ލ. އިސްދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތައް ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ލ.އިސްދޫ ގެއަކުން 54،000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ލ.އިސްދޫ ޕޮލިސް ސްޓޭޝަނާއި  ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިންނެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.