ކ. ގާފަރުގައި ބަންގްލަދޭޝް ރައްޔިތަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

ކ. ގާފަރުގައި ބަންގްލަދޭޝް ރައްޔިތަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

Author
ހުސައިން
28 ޖެނުއަރީ 2025 06:19
0

ކ. ގާފަރުގައި މިއަދު ހެނދުނު 7:05 ހާއިރު ބަންގްލަދޭޝް ރައްޔިތަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިމައްސަލާގައާއި ގުޅިގެން، އެރަށު ގުލްދަސްތާގެ ޖާޒިމް ޖައުފަރު ވަނީ ހައްޔަރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ޖާޒިމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ނިންމާ މިފަހުން މިނިވަންވެފައިވާ މީހެކެވެ. މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝް މީހާ މަގުމަތިން ހިނގާފައި ދަނިކޮށެވެ. ޒަޚަމްވި މީހާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެވިފައިވާ ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ.

މި ހަމަލާގެ ފޮޓޯތަކާއި، ހަމަލާދިން ވަޅީގެ ފޮޓޯތައް މިވަގުތު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.