ހދ. ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓްގެ ފެންސަށް އަރައިގެން ގޮސްފިއެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރެމުންދާއިރު، އެ ވީޑިއޯގައި ފެންނަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ޕިކަޕް ކޮންޓްރޯލް ގެއްލި، އެއަރޕޯޓްގެ ފެންސަށް އަރާ މަންޒަރެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަން ހާމަވެފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން ވަނީ އެ ޕިކަޕް ޓޯކުރުމަށްފަހު، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ