މީޑިއާގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅަން: ނާޒިމް

މީޑިއާގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅަން: ނާޒިމް

މީޑިއާގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މި ބަސްފުޅުތައް އައީ ސަންއޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މީޑިއާ ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތައް ބައެއް މީޑިއާތަކުން އޮޅޭގޮތަށް ގެނެސްދީފައިވާތީއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބަރުލަމާނީ ދައުރުގައި ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރައްވައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރެއްވިއެވެ. އަދި މީޑިއާއަކީ މިއަދު ވަރަށް ބޮޑު މިނިވަންކަމަކާއި ބާރެއް ލިބިފައިވާ، ޑިމޮކްރެޓިކް މުޖުތަމަޢުގެ މުހިންމު އަސާސެއްކަން ހަނދާން ބަހައްޓަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޓްކުރުމަށް އުފައްދާފައިވާ ދެ މުއައްސަސާ އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި، 2024 ވަނަ އަހަރު މި ދެ މުއައްސަސާއަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މި މުއައްސަސާތައް ރިފޯމްކުރުމަކީ މުހިންމު ކަމެއްކަމަށާއި، މީޑިއާތަކުން އެމީހުންގެ ހަޤީޤީ ބެލެނިވެރި ފަރާތް ދެނެގަތުމަކީވެސް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއިރު، އެއީ އެއްވެސް ހާލެއްގައި މީޑިއާގެ މިނިވަންކަން ހަނިކުރުމެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް މީޑިއާގެ މަސައްކަތްތަކަށް ވަންނަމުންދާއިރު، އެންމެންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. ނާޒިމް ވަނީ ހަޤީޤަތް އޮޅޭގޮތަށް ފިތުނަވެރި މަޢުލޫމާތު ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *