ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީއަށް ބަދަލު ކޮށްފި

ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީއަށް ބަދަލު ކޮށްފި

Author
ހުސައިން
27 ޖެނުއަރީ 2025 10:27
0

ކުރިން ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުން ސަސްޕެންޑް ކުރެވުނު މުހައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމަށް ބަދަލު ކޮށްފިއެވެ.

ނިހާދުގެ ސަސްޕެންޝަން އައީ އޭނާ ޕީއެންސީ ހަރުގޭގައި 2023 ޑިސެމްބަރު 23 ވަނަ ދުވަހުގެ ރޭ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެ ވާހަކައިގައި އޭނާ ތުހުމަތު ކުރެއްވީ އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ބައިނަލްއަޤްވާމީ ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތަކަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށެވެ.

ނިހާދަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމެންދެން އެމްޑީޕީގައި ހުރުމަށްފަހު، ވެރިކަން ބަދަލުވުމާއެކު ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީން ޕީއެންސީއަށް ބަދަލުވި 13 މެންބަރުންގެ ތެރެއިން އެކެކެވެ. ކުރިން އައްޑޫ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ނިހާދު، މިހާރު މި ފިނޭންސް މިނިސްޓްރީގެ މަޤާމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނުކުންނަވަމުން ގެންދަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.