މާފުއްޓަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ވެއްޖެ

މާފުއްޓަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ވެއްޖެ

Author
ހުސައިން
26 ޖެނުއަރީ 2025 09:03
0

މާފުށްޓަށް ވެހުނު ބޯ ވާރޭއާ ގުޅިގެން އެރަށުގެ މަގުތަކުގައި ފެން ބޮޑުވެ، މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، މާފުށީގެ މައިގަނޑު މަގުތަކުގައި ފެން ބޮޑުވެފައިވާ މިންވަރު ވަރަށް މައްޗެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ގޭގެއަށް ފެންވަދެ، އެކި މިންވަރުގެ ގެއްލުންތައް ވެފައިވާކަން ފާހަގަކުރެވެއެވެ.

މި ހާލަތާ ގުޅިގެން މާފުށީ ކައުންސިލުން ވަނީ ރައްޔިތުންނާ ގުޅިގެން ކޯރެއް ކޮނެ، މޫދަށް ފެން ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އޭގެ ފަހުން އެމްއެންޑީއެފްގެ ފަރާތުންވެސް ޕަމްޕު ބޭނުންކޮށްގެން ފެން ބޭރުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާވެފައިވާ މި ރަށުގައި، ފެންބޮޑުވުމުގެ ސަބަބުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ބުރޫއަރާފައިވާކަމަށް ރަށުން މަޢުލޫމާތު ލިބެއެވެ.

މި ނުރައްކާތެރި މޫސުމީ ހާލަތާ ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިރޭއަށް ވައިޓް އެލާޓެއް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.