ނިޒާރު އެދެނީ އެކީގައި ދަނޑުވެރިކަން ކުރުމަށް ޖަމީލް ވަޑައިގަތުމަށް

ނިޒާރު އެދެނީ އެކީގައި ދަނޑުވެރިކަން ކުރުމަށް ޖަމީލް ވަޑައިގަތުމަށް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 02:22
0

ސިޔާސީ މައުދާނުގައި ނިކަމެތި ހާލުގައި ނުހުންނަވާ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ދަނޑުވެރިކަން ކުރުމަށް ވަޑައިގެންނެވުމަށް ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީީޕީގެ ޓިކެޓްގައި އައްޑޫގައި މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު އެދިވަޑައިގެފިއެވެ.

ޤައުމުގެ ކަންކަންދާ މިސްރާބަށް ބަލާއިރު، މިވެރިކަން ނިމޭއިރު ރާއްޖޭގެ ހާލަތު މިއިން ޒަމާނަކު ނުދާވަރަށް ދަށަށްގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމަށް ވިދާޅުވެ ޑރ.ޖަމީލް ދެއްކެވި ވާހަތަކާއި ގުޅިގެން އަލީ ނިޒާރު ވިދާޅުވީ ސިޔާސީ މައިދާނުގައި އެކަހެރިވެ ހުރުމަށްވުރެ ރަށުގައި ދަނޑުވެރިކަން ކުރުން މާބޮޑަށްވެސް ހިތްގައިމު ވާނެކަމަށެވެ.

ސިޔާސީ ގޮތުން އެމްޑީޕީއާއިއެކު ކުރަމުންދިޔަ މަސައްކަތް ހުއްޓާލައި ދުރަށް ނުގޮސް މަޑުމަޑުން ހުންނެވި ނަމަ މިއަދުގެ ސަރުކާރުން ވަޒީފާއެއް ލިބުނީސްކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. ނަމަވެސް މިއަދު ޤައުމުގެ ހާލަތަށް ރިޢާޔަތްކޮށް ޖަމީލް ދައްކަވާ ވާހަތަކުން ނިކަމެތިކަން އިހުސާސްކުރެވި ޖަމީލްއަށް އެހީތެރިވާން ބޭނުންކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.

އެމްޑީޕީގައި ހުންނެވިނަމަ މަނިކުފަނަށް ވަޒީފާއެއް ލިބޭނެ. ނިކަމެތި ހާލުގައި ނޫޅުއްވާ ރަށަށް ދުރުވެ ދަނޑުވެރިކަން ކުރައްވާ. އަޅުގަނޑުވެސް މި ކުރަނީ އެމަސައްކަތް. އަލީ ނިޒާރު ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ޕީޕީއެމްގެ އެޑްވައިޒަރ ޑރ.ޖަމީލް ވިދާޅުވީ މިއަދު ޤައުމުގެ ކަންކަންދާ މިސްރާބަށް ބަލާއިރު، މިވެރިކަން ނިމޭއިރު ރާއްޖޭގެ ހާލަތު މިއިން ޒަމާނަކު ނުދާވަރަށް ދަށަށްގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމަށެވެ. މިހާލަތަކީ ރައްޔިތުންގެ މަސައްކަތުން ބަދަލު ކުރެވޭނެ ހާލަތަކަށްވާއިރު ހާލަތު ބަދަލުކޮށްގެން ނޫނީ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ނުލިބޭނެކަމަށް ޖަމީލް ވިދާޅުވި އެވެ

މިއަދު ރާއްޖޭގެ ރައްޔިތުންނަށް ޤައުމުގައި އޮތް އެންމެބޮޑު ދެ ފިކުރުގައި ހުރި ތަފާތު ފެނި ޤައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރަނީ ކޮންބައެއްކަން ސާފުވެފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ. ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ ތަރައްޤީ ބޭނުންވާ ބަޔަކަށްވާއިރު އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި އެކަން ކުރެވިފައި ނުވާކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން މިޤައުމަށް ތަރައްޤީ ގެނެސްދީފައިވަނީ އެއްވެސް ޤައުމެއްގެ ފައިބުޑަށްނުވެއްޓި ހެޔޮ ގޮތުގައިކަމަށް ޖަމީލް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.