ރައީސް ޞާލިހުގެ ހަޔާތުގައި އޮތީ ރުއިން، ހޭނެ ވަގުތެއްނެތް: އަދުރޭ

ރައީސް ޞާލިހުގެ ހަޔާތުގައި އޮތީ ރުއިން، ހޭނެ ވަގުތެއްނެތް: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 11:15
0

ރައީސް ޞާލިހުގެ ހަޔާތްޕުޅުގައި އޮތީ މުޅިން ރުއިން ކަމަށާއި، އުފާވެރިކަމާއިއެކު ހީލައިގެން ހުންނާނެ ވަގުތެއް ނެތްކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ޅ.ނައިފަރު ބޭއްވި ޖަލްސާގައި ރަށު ބަންދުގައި މާލޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ތިއްބަވައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހުގެ ހަޔާތްޕުޅުގައި އޮތީ މުޅިންވެސް ރުއިންކަމަށެވެ. އެމަަނިކުފާނަކީ ޤައުމެއްގެ ވެރިކަން ކުރެވޭ ވަރަށް ވުރެ ހިތްބަލި ބޭފުޅެއްކަމަށެވެ.

އަޅުގަނޑު ނެތިން ރައީސް ޞާލިހުގެ ވާހަކަ ދައްކާކަށް. އެމަނިކުފާނުގެ އެންމެ ތުއްޕުޅު އިރުން ފެށިގެން މިހިސާބަށްވެސް އޮތީ މުޅިން ރުއިން. ކުޑަ އިރުވެސް ރުއީ، ފަޒުނާއާއި، ދިމާވެގެންވެސް ރުއީ، އެކީގައި އުޅެމުންވެސް ރުއީ، ކަމެއް ދިމާވުމުންވެސް ރޮނީ. ރުއިން ނޫންކަމެއްނެތް. ކޮން ވަގުތަކުތޯ ހެވިފައި ހުންނާނީ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިފަދަ ވާހަތަކެއް ދައްކަވާފައިވަނީ ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރަީ ދުވަހުގެ މުނާސަބަތުގައި އަޑު ގެނެސްދޭ "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމުގައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އުމުރުން އެންމެ 10 އަހަރުގައި މާލެއަށް ބަދަލުވެ ވަޑައިގެންނެވީ ތައުލީމު ހާސިލް ކުރެއްވުމަށްކަމަށެވެ. މާމާފުޅާއިއެކު މާލެ ވަޑައިގެން އެންމެ ފުރަތަމަ ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެން ގޭގައި ކަމަށާއި، ނަމަވެސް އެގޭގައި ނުހުންނަވަން އެރޭ 12 ޖަހަންދެން ރޮއި ހެއްދެވިކަމަށެވެ. އަދި އެގޭގައި ނުހުންނަވަން ކުރި މަސައްކަތުން ބައްޕަ އެންމެފަހުން އެހެން ގެއަށްކަމަށް ބަދަލު ކުރެއްވިކަމަށެވެ.

މާލެ ގެނެސް ފުރަތަމަ ކިޔަވަން ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެންގޭގަ. އަޅުގަނޑުމެން ބައްޕަޔާއި ފަޒޫ ބައްޕައާއި އެއީ ވަރަށް ގާތް ދެ ރަށްޓެހިން. ވިޔަފާރީގައިވެސް ގުޅުން އޮންނާނެ. މަލެއައީ މާމެޔާއިއެކީގައި. އެގެޔަށް ގެންދިޔާމަ އެގޭގައި ހުންނަންވެގެން ރުއީ. ރޯން ފެއްޓިގޮތަށް 12 ޖަހަންދެން ރުއީ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ އިދިކޮޅު ކޯލިޝަނުން ބޮޑުތަނުން ކާމިޔާބް ކުރާނެ އިންތިޚާބެއް ކަމަށެވެ. އިދިކޮޅުން އިންތިޚާބް ކާމިޔާބު ކުރާނެކަން ޔަގީންވުމުން، އިންތިޚާބް ބާއްވަން ނުކެރި ފަސްޖެހޭކަމީ ފެންނަން އޮތް ހަގީގަތްކަމަށެވެ. ނަމަވެސް ރައްޔިތުން ތިބީ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް، ރައީސް ޔާމީން މިނިވަންކުރުމަށް ތައްޔާރަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
އަދުރޭ ތިވާހަކައިގެ ތެރެއިން މައުމޫނަށް ބަވާލިނަމަ ޔާމީނު ސަލާމަތްވީސް ކަންނޭނގެ.ފާތުމަ ނުބުނޭތަ?