ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން ކުރިމަތި ލުމަށް އަލުން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން ކުރިމަތި ލުމަށް އަލުން ހުޅުވާލައިފި

Author
ހުސައިން
19 ޖެނުއަރީ 2025 03:02
0

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން އައްޔަންކުރަން ބޭނުންވާ ދެ މެމްބަރުންގެ މަޤާމަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އަލުން އިޢުލާން ކުރުމަށް ނިންމައިފިއެވެ. މި މަޤާމުތަކަކީ ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މަޤާމެވެ.

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީސް ހިންގަމުން ގެންދަނީ އަށް މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މި ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި މަޤާމުތަކަށް މެންބަރުން ހޮވުމުގެ ކުރިން، ސިލެކްޝަން ކޮމިޓީއަކުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ޝޯޓްލިސްޓް ކުރުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބަލާ ޔަގީންކުރެވޭނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން 26 ޖެނުއަރީ 14:00 ގެ ކުރިން، ބޭނުންވާ ލިޔެކިޔުންތަކާއެކު [email protected] އަށް މެއިލް ކުރުމަށް ޕެންޝަން އޮފީހުން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.