އަމީނީމަގު ތަރައްގީ ކުރުމުގެ ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަމުރުކުރީ ރަނގަޅަށް: ސުޕްރިމް ކޯޓު

އަމީނީމަގު ތަރައްގީ ކުރުމުގެ ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަމުރުކުރީ ރަނގަޅަށް: ސުޕްރިމް ކޯޓު

އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު އަމުރަކީ ރަނގަޅު އަމުރެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ. މި މައްސަލައިގައި ކުރީގެ ސަރުކާރުން އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި އެއްބަސްވުމާއި ކުރެހުންތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމާ ގުޅިގެން، ސަރުކާރުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. 2023 ވަނަ އަހަރު ހައިކޯޓުން ނިންމީ އެ މަޢުލޫމާތުތައް ހާމަކުރަންޖެހޭނެ ކަމަށެވެ.

އޭގެ ފަހުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމެވީ ހައިކޯޓުގެ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މި ބާވަތުގެ މައްސަލަތަކަކީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ތަފާތު ރައުޔެއް ފާޅުކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *