ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފި

ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފި

Author
ހުސައިން
18 ޖެނުއަރީ 2025 12:23
0

ރާއްޖެއިން މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިއަދު 13:30 ގެ ނިޔަލަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މި މުއްދަތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ވައި 40 މޭލަށް ގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެއެވެ.

މި ވިއްސާރައަކީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ލަފާކުރަނީ މިއަދަށް ފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.