ބްރިޖް މަތީގައި އާއި ބްރިޖުގެ ހަލި މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނިގޮތުގައި މިރޭ 8:30 ހާއިރު، މާލެއިން ހުޅުމާލެ އަށް ދާން އޮންނަ ދެ ލޭން ހައިވޭގައި އެމްބިއުލާންސަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވި އިރު، އެ ސަރަހައްދާ 200 ފޫޓު ދުރުގައި، ތިން ކާރާއި ޕިކަޕެއް ޖެހި ވަނީ އެކްސިޑެންޓް ވެފަ އެވެ.
އެމްބިއުލާންސާއި ޕިކަޕް އެކްސިޑެންޓްވީ، ފުލުހުން ބުނިގޮތުގައި، ބާރަށް ދުއްވާފައި ދިޔަ އެމްބިއުލާންސް ޕިކަޕްގެ ފަހަތުގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ދެ އުޅަނދަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
މިއެކްސިޑެންޓު ހިނގިއިރު ވެހިކަލްތައް ދުއްވަން ތިބީ ލައިސަންސު ތިބި މީހުންކަމަށް ފުލުހުން ބުނެއެވެ. އަދި މިި ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށެވެ. ނަމަވެސް ދެ އުޅަނދަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ