ކޯވިޑް-19: މާލެއިން 20 މީހުންނާއިއެކު، އިތުރު 31 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: މާލެއިން 20 މީހުންނާއިއެކު، އިތުރު 31 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 10:00
0

ރާއްޖެއިން އިތުރު 31 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 20 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،691 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 27 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،109 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 527 އަށް އިތުރު ވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،644 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 311،514 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. މިވަގުތު ދަރުމަވަންތަ އައިސޫޔައި ދަނީ އެކަކަށް ފަރުވާދެމުންނެވެ.

މާލެ ސަރަހައްދުގައި ކޯވިޑަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންދާއިރު، މިހާރު އިނގިރޭސިވިލާތުން ފެނިގެން އުޅޭ އާ ސްޓްރެއިންއާއި ގުޅިގެން އެޤައުމުން އަންނަ މީހުން ކަރަންޓީން ވާ ގޮތަށް ވަނީ ދިން ލުއިތަކުގެ ތެރެއިން ބަދަލު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.