ޝަރުއީ ދައިރާ އަށް ލިބުނު އެންމެ ބޮޑު ހެވަކީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވުން

ޝަރުއީ ދައިރާ އަށް ލިބުނު އެންމެ ބޮޑު ހެވަކީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވުން

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 10:29
0

ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކޮށް، ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ރައީސް ނަޝީދު ޖޭއެސްސީގައި މިއަދު އިންނެވުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން މީގެ ކުރިން ޝަރުޢީ ދާއިރާ އިސްލާހުކޮށް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާކަމަށެވެ. މިމަސައްކަތުގައި އެނެމް މުހިންމު ދައުރެއް އަދާކުރައްވާ އެއްބޭފުޅަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށާއި، ރައީސް ނަޝީދު ޖޭއެސްސީގައި އިނެންވުމަކީ މިއަދު ރާއްޖޭގެ މަސްލަހަތަށް ލިބިފައިވާއެންމެ ބޮޑު ކުރިއެރުންކަމަށް ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ފަނޑިޔާރުގެތަކަކީ ހުކުމްތައް ވިއްކަމުންދިޔަ ތަންތަން ކަމަށެވެ. އޭރު ދިގު ލިސްޓެއް އަގުޖަހައިގެން ހުކުމް ވިއްކަން ގެންގުޅުނަކަމާށާއި، ނަމަވެސް މިއަދު ހުކުމެއް ނުވިއްކޭނެކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އެންމެ މަތީކޯޓު ސްޕްރީމް ކޯޓަށް ހެޔޮ ބަދަލުތަކެއް ގެނެވި، މިނިވަން ބެންޗެއް ސްޕްރީމް ކޯޓުގައި ޤާއިމް ކުރެވިފައިވާކަމަށެވެ.

ރާއްޖެއަށް ހަގީގަތުގައިވެސް ލިބުނު އެންމެބޮޑު ހެވަކީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވުން. މިހާރު ފަޑިޔާރުން ނުގަނަވޭނެ. ރައީސް ނަޝީދަށްވެސް، ރައީސް ޞާލިހަށްވެސް އެނޫން ބޭފުޅަކަށްވެސް މިހާރު ކޯޓުގެ ހުކުމެއް ނުގަނެވޭނެ. މިހާރު ނުހައްގު ދައުވާކޮށް، ނުހައްގުން ޝަރީއަތް ނުކުރާނެ. ކުރިން އޮންނަނީ އަގުލިސްޓެއް ޖަހާފަ. ހުކުމް ވިއްކަން. މިއަދު ނޯންނާނެ އެފަދަ ލިސްޓެއް.

– ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދައިރާއަށް ގެނެސްފައިވާ ބަދަލަކީ ކުރިން ދުރާލާއި އެގިތިބި ވަކި އުސޫލުއްގެ ތެރެއިން ހަދަންޖެހޭ ޤާނޫނު ހަދައި ޤާނޫނީ ބާރުވެރިކަމާއިއެކު ގެންނަ ބަދަލުތައް ކަމަށެވެ. އަދި މިބަދަލު ގެންނައިރު، ރައްޔިތުންނަށް އެކަމުން ލިބޭނެ ގެއްލުމާއި، ފައިދާއަށްވެސް ވަރަށް ބޮޑަށް ރިޢާޔަތް ކުރަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ބޯ ގޯސް
އ އަމާން
ޝަރުޢީ ދާއިރާއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ކެނެރީގޭ ޔަހޫދީ ކަލޭގެ މިގައުމަށް ފާވުން.
ާ ާަަޖަމަލުhumhum
Adhimaaragalhu vees thiyajaahil dhonbileh beyndhi nama.
ބ ބޭބެ
ލެގޫންސަށް ބޯޅަކުޅެން އުޅެފައިވއައި ވަކަރުގޭކުއްޖަކަށް ދުނިޔޭގައި ހިގާކަންކަން ޭގޭ ނެ