ވަންދޫގައި މަސްބާނަން ހުރި ކުއްޖެއްގެ އަތުގައި މިޔަރެއް ދަތް އަޅައިފި

ވަންދޫގައި މަސްބާނަން ހުރި ކުއްޖެއްގެ އަތުގައި މިޔަރެއް ދަތް އަޅައިފި

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 07:55
0

ތ.ވަންދޫގައި މަސްބާނަން އަތިރި މަތީގައި ހުރި ކުއްޖެއްގެ އަތުގައި މިޔަރެއް ދަތް އަޅައިފިއެވެ.

ވަންދޫ ކައުންސިލް ބުނެފައިވަނީ މިހާދިސާ ހިނގީ މިއަދު މެދުރު ދޭއް ޖަހާކަން ހާއިރު ކަމަށާއި، ކުއްޖާއަށް ފަރުވާ ދިނުމަށް އަތޮޅު ހޮސްޕިޓަލަސް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ރަށަށް އައިސްފައިވާކަމަށެވެ. މިޔަރު ދަތް އަޅާފައިވަނީ ކުއްޖާގެ އަތުގެ އުޅަބޮއްޓާއި ހިސާބުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުއްޖާގެ އަތުގައި މިޔަރު ދަތް އަޅާފައިވަނީ މަސްބާނަން އުޅެނިކޮށް ބޭނުނު މިޔަރެއްގެ ބުޅި ނައްޓަން އުޅުމުގެ ތެރޭގައެވެ.

މީގެ ފަސް ދުވަސް ކުރިންވެސް ޅ.ފާދޫ ބޮއި ކައިރީގައި މަސްވެރިކަމުގައި އުޅުނު "ޒިކުރާ" ދޯނީގައި ހުރި މީހަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފައި ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައެވެ. މިމީހާއަށް ފަރުވާ ދިނުމަށް ވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މާލެއަށް ގެނެސް ފަރުވާދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.