ރަސްމީ ދަތުރުފުޅެއްގައި ޝަހީމް ޕާކިސްތާނަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޝަހީމް ޕާކިސްތާނަށް ވަޑައިގެންފި

Author
ހުސައިން
10 ޖެނުއަރީ 2025 09:15
0

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފައެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) އިން އަންހެން ދަރީންގެ ތަޢުލީމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި މިނިސްޓަރ ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ މިނިސްޓަރ ޑރ. ޝަހީމަކީ މުސްލިމް ވޯލްޑް ލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެއް ކަމެވެ.

މި މުހިންމު ކޮންފަރެންސްގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ރިސާޗް ސެންޓަރުތަކާއި، ފަތުވާ ކައުންސިލްތަކާއި، ފާހަގަކޮށްލެވޭ އިސްލާމީ ޔުނިވަރސިޓީތަކާއި އިސްލާމީ ޔުނިވަރސިޓީތަކުގެ ލީގުން ބައިވެރިވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.