ގިނަ ދުވަސްތަކެއް ވަންދެން މޯޗަރީގައި އޮތް ނޭޕަލް މީހާގެ ހަށިގަޑު ގައުމަށް ފޮނުވާލައިފި

ގިނަ ދުވަސްތަކެއް ވަންދެން މޯޗަރީގައި އޮތް ނޭޕަލް މީހާގެ ހަށިގަޑު ގައުމަށް ފޮނުވާލައިފި

ގުޅުންހުރި

ނޭޕާލް ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގެލްގެ ހަށިގަނޑު، ގިނަ ދުވަސްތަކެއް ވަންދެން މޯޗަރީގައި ބޭއްވުމަށްފަހު، ހަވާލުވާނެ ފަރާތެއް ނެތުމާއެކު އޭނާގެ ހަށިގަޑު ގައުމަށް ފޮނުވާލައިފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައި ބުނެފައިވާ ގޮތުގައި، ނޮވެމްބަރު 9 ވަނަ ދުވަހުގެ ހެނދުނު، އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެނެވުނު ކަންޗަން ދުންގެލްގެ މަރުގެ މައްސަލަ ރިޕޯޓްކުރެވުނެވެ. ތަޙްޤީޤުން އެނގުނު ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފެށުމާ ގުޅިގެންނެވެ. އަދި ހޮސްޕިޓަލަށް ދަތުރުކުރި މަގުމަތީގައި އޭނާގެ ހަބަރު ހުސްވެފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މެޑިކަލް ލީގަލް ރިޕޯޓުގައި ކަންޗަން ދުންގެލްގެ މަރުގެ ސަބަބު އަދި "ނޭނގޭ" ކަމަށް ބަޔާންކޮށްފައިވާއިރު، އޭނާއަށް އެއްވެސް ބާވަތެއްގެ ޖިންސީ އަނިޔާއެއް ލިބިފައިވާކަން ރިޕޯޓުން ފާހަގަކޮށްފައެއް ނުވެއެވެ. އަދި އޭނާއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮތް މީހެއްކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ