ސަފާރީއަކުން ވެއްޓި ދިވެއްސަކު ގެއްލިގެން ހޯދަނީ

ސަފާރީއަކުން ވެއްޓި ދިވެއްސަކު ގެއްލިގެން ހޯދަނީ

Author
ހުސައިން
10 ޖެނުއަރީ 2025 11:20
0

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އަރި އަތޮޅު ދެކުނުބުރީގެ ރިސޯޓެއް ކައިރީގައި އޮތް ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ދިވެހި ސިފައިންގެ އެހީތެރިކަމާއެކު ފަށައިފިއެވެ.

ނޯތު 07 ސަފާރީގައި އުޅުނު ނ. ހުޅުދޫ ސީވީޑްގެ އަލީ އަރުޝަދު (35އ) ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓައި ވެއްޓި، އަރިމަތީ ޑެކްގައި ޖެހި، މޫދަށް ވެއްޓިފައިވާކަން ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް ސަފާރީން މީހަކު ވެއްޓިގެން ގެއްލިފައިވާ ކަމުގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ދަތުރުކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.