ގއ. ނިލަންދޫ ފަރަށް އެރި، އެފްއެސްއެމްގެ ތެޔޮ ބޯޓު ފުންކޮށްފި، ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ

ގއ. ނިލަންދޫ ފަރަށް އެރި، އެފްއެސްއެމްގެ ތެޔޮ ބޯޓު ފުންކޮށްފި، ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ

ގއ. ނިލަންދޫ ފަރަށް އެރި، އެފްއެސްއެމްގެ ތެޔޮ ބޯޓު ފުންކޮށްފިއެވެ. މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ފަރަށް އެރި އެ ބޯޓު، ހަވީރު 6:00 ހާއިރު ފުން ކޮށްފައިވަނޯ އެ ކުންފުނީގެ އިތުރު ބޯޓެއް ބޭނުންކޮށްގެން ކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާސިހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

ނަމަވެސް، ކައުންސިލުން އެ ސަރަހައްދު ބެލިއިރު ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ނާސިހު ފާހަގަކުރެއްވިއެވެ. އެގޮތުން، ފަރުގެ ވަރަށް ބޮޑު ބައެއް ކަނޑައިގެން ގޮސް ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ތެޔޮ ލީކުވުން ފަދަ އިތުރު މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއެކު މަޝްވަރާކުރަމުންދާ ކަމަށް ނާސިހު މަޢުލޫމާތު ދެއްވިއެވެ.

ފަރަށް އަރައިގެން ގެއްލުންދޭ ފަރާތްތައް އީޕީއޭއިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދެއެވެ. މި މައްސަލައާ ގުޅޭގޮތުން އެފްއެސްއެމްގެ އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *