ކާރަކާއި ޕިކަޕެއް މުޑިއަރާ އަމީނީ މަގުގައި އެކްސިޑެންޓެއް ހިނގައިފި

ކާރަކާއި ޕިކަޕެއް މުޑިއަރާ އަމީނީ މަގުގައި އެކްސިޑެންޓެއް ހިނގައިފި

Author
ހުސައިން
07 ޖެނުއަރީ 2025 10:58
0

މިއަދު މާލޭގެ އަމީނީ މަގުގައި ކާރަކާއި ޕިކަޕެއް މުޑިއަރާ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 9:40 ހާއިރު، ރެހެނދި ފްލެޓް ކައިރިން ކާރެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައެވެ.

އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވިނަމަވެސް، ދެ އުޅަނދަށްވެސް އެކި މިންވަރަށް ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން މިހާރު ކުރިއަށް ގެންދަވާ ކަމަށްވެސް އެ އޮފިޝަލް ހާމަކުރެއްވިއެވެ.

މާލޭގެ މަގުތަކަކީ ޓްރެފިކް ވަރަށް ބާރު މަގުތަކަކަށްވާއިރު، އެކްސިޑެންޓްތައް އަބަދުވެސް ހިނގަމުންދެއެވެ. މިކަމާ ގުޅިގެން، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ސަމާލުކަމާއެކު ދުއްވުމަށް ފުލުހުން ދަނީ އަބަދުވެސް އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.