އެމްޓީސީސީން އާރްޓީއެލް ބަސް ޚިދުމަތުގައި ފެއަރ ދެއްކުމަށް އިތުރު ފަސޭހަތަކެއް ތަޢާރަފުކޮށްފި

އެމްޓީސީސީން އާރްޓީއެލް ބަސް ޚިދުމަތުގައި ފެއަރ ދެއްކުމަށް އިތުރު ފަސޭހަތަކެއް ތަޢާރަފުކޮށްފި

Author
ހުސައިން
06 ޖެނުއަރީ 2025 04:01
0

އެމްޓީސީސީން އާރްޓީއެލް ބަސް ޚިދުމަތުގައި ފެއަރ ދެއްކުމަށް އިތުރު ފަސޭހަތަކެއް ތަޢާރަފުކޮށްފިއެވެ. ކުންފުނިން އިޢުލާނުކުރި ގޮތުގައި، ފަސިންޖަރުންނަށް މިހާރު ފެއަރ ދެއްކޭނެ ތިން ގޮތެއް ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދު އަދި އަތޮޅުތެރޭގެ ބަސްތަކުގައި ކަރުދާސް ޓިކެޓް ގަނެގެން ފައިސާ ދެއްކޭ ކޭޝް ޕޭ އާއި، އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓް ގަނެވޭ އޮންލައިން ޕޭ އާއި، ގްރޭޓަރ މާލެ ސަރަޙައްދުގެ ބަސްތަކުގައި މާސްޓަރކާޑު އަދި ވިސާ ކޮންޓެކްޓްލެސް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ފެއަރ ދެއްކޭ ޓެޕް ޓު ޕޭ ހިމެނެއެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ ބަސްތައް ހިމެނޭކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

މި އައު ނިޒާމުތައް ތަޢާރަފުކޮށްފައިވަނީ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ. އެމްޓީސީސީން ދަނީ ޕަބްލިކް ޓްރާންސްޕޯޓް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.