ހުޅުމާލޭގައި އަޅާ ސްކޫލާއި މިސްކިތުގެ ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުން: އަހުސަން

ހުޅުމާލޭގައި އަޅާ ސްކޫލާއި މިސްކިތުގެ ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުން: އަހުސަން

Author
ހުސައިން
06 ޖެނުއަރީ 2025 04:01
0

ހުޅުމާލޭގައި އަޅާ ސްކޫލާއި މިސްކިތުގެ ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުން ކަމުގައި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހްސަން ވިދާޅުވެފައިވެއްޖެއެވެ. މި މަޝްރޫޢުއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަހްސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ސްކޫލް އަޅަން ބިން ހަމަޖައްސައި، މި އަހަރުގެ މެއި 14 ގައި އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށެވެ. މި މަޝްރޫޢުގައި އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭ ކަމަށާއި، މި ޕްރޮޖެކްޓުގެ މަސައްކަތް ފެށިތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެސް އަހްސަން ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް، ލައިބްރަރީއަކާއެކު ދެ ބުރިއަށް އަޅާ މިސްކިތެކެވެ.

މަދީނާ އިންވެސްޓްމަންޓްސްއާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދެވޭނެ ސްކޫލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.