އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ފަޔާޒު މަންސޫރު ހަމަޖައްސަވައިފި

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ފަޔާޒު މަންސޫރު ހަމަޖައްސަވައިފި

Author
ހުސައިން
05 ޖެނުއަރީ 2025 09:36
0

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ފަޔާޒު މަންސޫރު ހަމަޖައްސައިފިކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ވެރިކަމުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކުރެވުނު ފުރަތަމަ ފަހަރަކީވެސް މިއީއެވެ.

އެޗްޑީސީގެ ވެބްސައިޓުގައި މި މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، ކުންފުނީގެ މީޑިއާ އޮފިސަރުން ފޯނަށް ޖަވާބު ނުދެއްވާތީ، ފަޔާޒު އެ މަޤާމަށް އައްޔަންކުރެވުނު ތާރީޚު އަދި ވަނީ ކަށަވަރު ނުކުރެވިއެވެ.

ފަޔާޒަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ކުއަންޓިޓީ ސަރވޭއިން ބެޗްލަރ އޮފް އާޓްސް އެންޑް ސައިންސަސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނިއުޒީލަންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގްޓަނުން ބިލްޑިންގ ސައިންސްއިން މާސްޓަރސް ޑިގްރީވެސް ހާސިލުކުރައްވާފައިވެއެވެ. 1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ކުރެހުމާއި ޑިޒައިންކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ ގެޑޯ ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.