ތިނަދޫ ކައުންސިލާއި ދެކޮޅަށް މުޒާހިރާ ކޮށްފި

ތިނަދޫ ކައުންސިލާއި ދެކޮޅަށް މުޒާހިރާ ކޮށްފި

Author
ހުސައިން
05 ޖެނުއަރީ 2025 01:06
0

ތިނަދޫ ކައުންސިލާ ދެކޮޅަށް އެރަށުގެ ޒުވާނުން މިއަދު މުޒާހިރާ ކޮށްފިއެވެ.

ތިނަދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި މިއަދު މުޒަހިރާކުރި ފަރާތްތަކުން ވަނީ ތިނަދޫ ފާލަން ނުނިމޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އަދި އެރަށުގެ ފެލްޓްތަކުގެ މައްސަލަތައް ހައްލު ނުކުރެވޭތީއާއި ވައްކަމާއި ކޮރަޕްޝަނާދެކޮޅަށް އަޑުއުފުލާފައެވެ.

އެގޮތުން މުޒަހިރާކުރި ފަރާތްތަކުން ވަނީ ތިނަދޫ ފެލެޓްތަކުގެ ފެނުގެ މައްސަލަ ހައްލު ކޮށްދިނުމަށާއި، ވަގަށް ދިން ގޯތިތައް ހައްގުވެރިންނަށް ދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ. މުޒާހިރާ ކުރި ފަރާތްތަކުން ވަނީ ތިނަދޫ މޭޔަރު ސައުދު އަލީގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. މުޒާހިރާ ކުރި ބައެއް ފަރާތްތަކުން ފާޅުކުރި ޝިއާރުތަކުގެ ތެރޭގައި އެރަށަށް ބޭނުންވަނީ އިންތިޚާބީ މޭޔަރެއްކަމުގައިވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެމް އެސް
ތިބުނާ މުޒާހަރާއަކަށް އެއްވެސް ތަރުހީބެއް ނުލިބުނު.. ހިތުން މޮޅު ޚަބަރެއް ތި ލިޔެލީ