ޖޭޕީގެ ކައުންސިލް މެބަރު ފިރާގު އަދާލަތު ޕާޓީއަށް ވެއްދި ގޮތް ސާފުކޮށްދޭން އެދިއްޖެ

ޖޭޕީގެ ކައުންސިލް މެބަރު ފިރާގު އަދާލަތު ޕާޓީއަށް ވެއްދި ގޮތް ސާފުކޮށްދޭން އެދިއްޖެ

Author
ހުސައިން
05 ޖެނުއަރީ 2025 12:40
0

އަދާލަތު ޕާޓީއަށް ޖޭޕީ ކައުންސިލް މެންބަރު މުޙައްމަދު ފިރާޤު ވެއްދުމާ ގުޅޭ މައްސަލައެއް އޭނާ ފެންމަތި ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދައްކާ ގޮތުގައި، ފިރާޤު އަދާލަތު ޕާޓީއަށް ވައްދާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ނުރުހުން ފާޅުކުރަމުން، ފިރާޤު ވަނީ މީސް މީޑިއާގައި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ޓެގްކޮށް، އޭނާ އަދާލަތު ޕާޓީއަށް ވެއްދީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.

އެއް ސިޔާސީ ޕާޓީއެއްގެ މެމްބަރަކު އޮޅުވާލައިގެން އަނެއް ސިޔާސީ ޕާޓީއަށް ވެއްދުމަކީ އާންމުކަމެކެވެ. މިއަދި ގޮތަށް އެއްޕާޓީން އަނެއްޕާޓީއަށް މީހުންގެ ނަން ބަދަލު ކުރުމާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް ފާއިތުވެދިޔަ ތަނުގައި އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.