ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

Author
ހުސައިން
05 ޖެނުއަރީ 2025 12:37
0

ކޯޓަށް ހާޒިރުކުރުމަށްޓަކައި ގދ. ވާދޫ/ ޞަބާޙީމަންޒިލް، އިޒާމް ޒާހިރު (26އ) ހޯދަމުންދާ ކަމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަޑުއެހުންތަކަށް ހާޒިރުވަމުން ނުދާތީ އާއި، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެކި ފަހަރު މަތިން ކުރެވުނު މަސައްކަތްތައްވެސް ނާކާމިޔާބުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ކުރި ގިނަގުނަ މަސައްކަތުންވެސް އޭނާ އުޅޭ ވަކިތަނެއް މިހާތަނަށް ދެނެގަނެވިފައި ނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އިޒާމް ޒާހިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ގދ. ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.