އެފްއެސްއެމްގެ ތެޔޮ އުފުލާ ބޯޓެއް ފަރަށް އަރައިފި

އެފްއެސްއެމްގެ ތެޔޮ އުފުލާ ބޯޓެއް ފަރަށް އަރައިފި

Author
ހުސައިން
05 ޖެނުއަރީ 2025 12:28
0

ގއ. ނިލަންދޫގެ ހުޅަނގު އުތުރު ފަރަށް އެފްއެސްއެމްގެ ތެޔޮ އުފުލާ ބޯޓެއް މިއަދު ހެނދުނު އަރައިފިއެވެ.

ނިލަންދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ބޯޓު ވަނީ ވަރަށް ބޮޑަށް ފަރުމައްޗަށް އަރާފައެވެ. މިއީ ތެޔޮ އަޅާފައިވާ ބޯޓަކަށް ވުމާއެކު، އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ބޯޓުގެ ދަށުން ފަޅައިގެން ގޮސް ތެޔޮ ލީކުވުމުގެ ނުރައްކަލެވެ.

އަދި ބޯޓު ފަރުމައްޗަށް އަރާފައިވާ މިންވަރަށް ބަލާއިރު، އަނބުރާ ފުންކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ގއ. ނިލަންދޫ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.