ކުޅުދުއްފުށި ސިޓީގެ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށައިފި

ކުޅުދުއްފުށި ސިޓީގެ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށައިފި

ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށައިފިއެވެ.

އިއްޔެ ރާއްޖެއަށް އިރުވައި މޫސުން ފެށިފައިވާއިރު، މޫސުން ބަދަލުވުމާއި ގުޅިގެން ރާއްޖެއަށް އެކިބާވަތުގެ ދޫނި އަބަދުވެސް ހިޖުރަކުރެއެވެ. ރާއްޖެއަށް ފުރަތަމަ ފްލެމިންގޯ ހިޖުރަކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ފުރަތަމަ މި ދޫނި ފެނިފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ އަތޮޅުންނެވެ. އެއަށްފަހު ކުޅުދުއްފުށީ ކުޅިންނާއި ފުނަދޫ ކުޅިން ވެސް މި ދޫނި ވަނީ ފެނިފައެވެ.

މި ދޫނި މި އަހަރު ފުރަތަމަ ފެނިފައި މިވަނީ ކުޅުދުއްފުށި ކުޅިންނެވެ. އެ ކުޅިއަށް މިއަދު ވަނީ 5 ފްލެމިންގޯ ޒިޔާރަތްކޮށްފައެވެ. މި ދޫނިތަކާއިއެކު ކުޅީގެ ހިތްގައިމުކަން ވަނީ އިތުރުވެފައެވެ. ގިނަބަޔަކު މިއަދު ވެސް ވަނީ ކުޅި ކައިރިއަށް ޖަމާވެ މި ދޫނިތައް ފޮޓޯނަގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަމުންނެވެ.

ފާއިތުވި ދެ އަހަރު މި ދޫނިތަކުގެ ހަރަކާތް ހުރިގޮތަށް ބަލައިލާއިރު، ހަފުތާއެއްހާ ދުވަހު އެއް ތަނެއްގައި ތިބެފައި އެހެން މަންޒިލަކަށް ދަތުރު ކުރާކަން ފާހަގަ ކުރެވެއެވެ.

ފްލެމިންގޯ އަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ، މާކަނާ އަށް ވުރެ ބޮޑު ދޫންޏެކެވެ. މާކަނާއާ އެއްގޮތަކަށް ކަރު ދިގުކޮށް ހުންނަ މި ދޫނި އެންމެ ބޮޑަށް ތަފާތު ވަނީ ކުލައިންނެވެ. ފްލެމިންގޯގެ ހަ ވައްތަރު ހުރެއެވެ އޭގެތެރެއިން އެންމެ ބޮޑުވާ ގްރޭޓާ ޕްލެމިންގޯ 4.7 ފޫޓާއި 3.9 ފޫޓަށް ދިގުވެއެވެ. އެންމެ ކުދި ފްލެމިންގޯ ލެސާ ބޮޑުވަނީ 2.6 ފޫޓަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *