އޮޅުވާލައިގެން އެހެންދީންތަކަށް ފުރުސަތު ހޯދުމަށް ކުރާ މަސައްކަތްތަށް ސަމާލުވާންޖެހޭ

އޮޅުވާލައިގެން އެހެންދީންތަކަށް ފުރުސަތު ހޯދުމަށް ކުރާ މަސައްކަތްތަށް ސަމާލުވާންޖެހޭ

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 04:42
0

އޮޅުވާލައިގެން އެހެން ދީންތަކަށް ފުރުސަތު ހޯދުމަށް ކުރާ މަސައްކަތަށް ސަމާލުވާންޖެހޭ ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ކްރިސްމަސް ދުވަހާއި ގުޅިގެން ދީނީ އިލްމުވެރިން އެދުވަސް ފާހަގަކޮށް، އެދުވަހުގެ ހަރަކާތްތަކުގައި އެއްވެސް ވަރަކަށް ބައިވެރި ނުވުމަށް ގޮވާލާފައިވަނިކޮށް ބައެއް ފަރާތްތަކުން އެކަމަށް ގޮވާލުމާއި ގުޅިގެން ދީނީ އިލްމުވެރިން ދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޚާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދުވަހުގެ ތަހުނިޔާ، އެދުވަސްފާހަގަ ކުރާ މީހުންނަށް ދެންނެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ. އަދި އެމަނިކުފާނާއި ގުޅޭ ގޮތުން ދީނީ ބައެއް އިލްމުވެރިން ދެއްކެވި ބައެއް ވަހަތަކަށް އެމްޑީޕީގެ އިސް ބޭފުޅުންވެސް ވަނީ ރައްދު ދީފައެވެ.

މިކަންތައްތަކާއި ގުޅިގެން ރާއްޖޭގައި ބައެއް މީހުން އިސްނަގައިގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށި ކަމާއި ދެކޮޅު، އެހެން ދީންތަކަށް އިޚުތިރާމް ކުރަންޖެހޭ، ކަމަށްބުނެ މުޒާހަރާ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އޮޅުވާލައިގެން އަޑިނޭގޭ ގޮތަށް މިފަދަ ހަރަކާތްތައް ހިންގިޔަސް ރާއްޖޭގެ ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް ޝައިޚް އިލިޔާސް ވިދާޅުވިއެވެ.

ބޮޑު އޮޅުވާލުމެއް، ދީނީ ހަރުކަށި ކަމާއި ދެކޮޅު، އެހެން ދީންތަކަށް އިޚުތިރާމް ކުރަންޖެހޭ، މިނަމުގައި މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރައްޔިތުން ފުރުސަތު ނުދޭނެ އިންޝާ ﷲ. މިފަދަ ނުބައި ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވުމަށް ދަންނަވަން.

– އިލިޔާސް ވިދާޅުވިއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ދެކޮޅަށް ދޭތެރެެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގިނަ އިލްމުވެރިންވެސް ދެކޮޅު ހަދާ ފިކުރެކެވެ. ހަރުކަށިކުރުގެ ގިނަ ބަޔަކު ރާއްޖޭގައިވެސް މަސައްކަތް ކުރާއިރު، ބައެއް ސިޔާސީ ބޭފުޅުންދަނީ ރާއްޖޭގެ ބައެއް ޢިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.