މިއަދު ހަވީރާއި ހަމައަށް މާލެއަށް ވާރޭ ވެހިފައިވަނީ ރެކޯޑު އަދަދަކަށް: މެޓް އޮފީސް

މިއަދު ހަވީރާއި ހަމައަށް މާލެއަށް ވާރޭ ވެހިފައިވަނީ ރެކޯޑު އަދަދަކަށް: މެޓް އޮފީސް

Author
ހުސައިން
03 ޖެނުއަރީ 2025 09:24
0

މިއަދު ހަވީރު 5 އާއި 6 އާ ދެމެދު މާލެއަށް 60 މިލިލީޓަރުގެ ވާރޭ ވެހި، މިއީ ރެކޯޑް އަދަދެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 162 މިލިލީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާއިރު، މުޅި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން ވަނީ ދަތިވެފައެވެ.

ފެންބޮޑުވުމާ ގުޅިގެން ފުލުހުން ވަނީ ބަރު އުޅަނދުފަހަރު ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ގެތަކަށާއި، ފިހާރަތަކަށާއި، ސައިހޮޓާތަކަށް ފެންވަނުމުން ސަލާމަތްވުމަށް، ސިފައިންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އެހީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މެޓް އޮފީހުން ބުނާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަވެ، މި މޫސުން އަލިވާން ދެ ދުވަހެއްހާ ދުވަސް ނަގާނެއެވެ. މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ބައެއް ރަށްތަކަށް ވަނީ އުދައެރިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.