ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން މާލޭގައި ބަރު އުޅަނދުފަހަރު ނުދުއްވަން އިލްތިމާސް ކޮށްފި

ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން މާލޭގައި ބަރު އުޅަނދުފަހަރު ނުދުއްވަން އިލްތިމާސް ކޮށްފި

Author
ހުސައިން
03 ޖެނުއަރީ 2025 09:13
0

މިރޭ މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް ފެންވަންނަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުފަހަރާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިހާލަތާ ގުޅިގެން ސިފައިން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފައެވެ. އަދި ގޭގެއާއި ފިހާރަތަކުގެ ކުރިމައްޗަށް ފެންވަނުމުން ސަލާމަތްވުމަށް ވެލިބަސްތާ ޖަހާފައިވެއެވެ.

މޫސުމާބެހޭ މަޢުލޫމާތު ދެމުން މެޓް އޮފީހުން ބުނެފައިވަނީ ފާއިތުވި 26 ގަޑިއިރު ތެރޭގައި މާލެއަށް 163 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މީގެ ތެރެއިން މިއަދު ހަވީރު 5 އިން 6 އަށް އެކަނި 60 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު އެލާޓާއި، ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މިރޭ 11 ޖަހަންދެން ރީނދޫ އެލާޓް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.