ކަމެއް ކުރުމަށްފަހު އެކަމެއްގެ ކްރެޑިޓް ނެގޭނީވެސް ކަމެއް ކޮށްގެން ކަމަށާއި، މިސަރުކާރަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގައި "ބާއްޖަވެރި ހެނދުނެއް" ޕްރުގޮގުރާމުގައި ބައިވެރިވެ ވަޑައިގެން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ކުރެވޭ ކަންކަމުގެ ކްރެޑިޓް އަމިއްލައަށް ނަގައި އެކަމުގެ ފޮނި މީރުކަން ހޯދަން އުޅޭ މީހެއް ނޫންކަމަށެވެ. އަބަދުވެސް މަސައްކަތް ކުރައްވަނީވެސް އަދި އަމާޒަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައި، ކަންކަން ހާސިލް ކުރުންކަމަށެވެ.
ރައީސްގެ މިވާހަތަކާއި ގުޅިގެން ހިސްޓޯ ވިދާޅުވީ މިސަރުކާރަށް ރައްޔިތުންނަށް އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށެވެ. ތަރައްޤީގެ އެއްވެސް ކަމެއް ނުކުރެވޭއިރު، ދައުލަތުގެ މާލިއްޔާ ހުސްކޮށްލުން ނޫންކަމެއް މިސަރުކާރުން ކޮށްފައި ނުވާކަމަށް ހިސްޓޯ ވިދާޅުވިއެވެ.
ކްރެޑިޓް ނެގޭނީ ކަމެއް ކޮށްދެވިފަ އޮވެގެންތާ. ކުރެވުނުހާވެސް ކަމަކީ ބަދަލުދިނުމުގެ ނަމުގައާއި ކޮވިޑް ބަހަނާގައި ގައުމުގެ ބައިތުލްމާލު ހުސްކޮށްލުން. ގައުމުގެ ސިޔާދަތު އިންޑިއާއަށް ވިއްކައިލުން. އެކި ނަންނަމުގައި ޖޫރިމަނާކޮށް ރައްޔިތުން ހަފުސްކުރުން މިކަންކަމުގެ ކްރެޑިޓް ނަންގަވާ.
– ހިސްޓޯ ވިދާޅުވިއެވެ.
އާންމުންގެ ފަރާތުން ސުވާލު ކުރި މީހާގެ ސުވާލުގައި ދަންނަވާފައިވަނީ ރައީސް ޞާލިހުއަކީ އެހްނެ ސިޔާސީ މީހުންނާއި، އަޅާބަލާއިރު ބަސް މަދު މީހަކަށް ވަނީ މިޒާޖުގައިވެސް އެކަން ހުންނަ ގޮތްތޯއެވެ. ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވަކީ އެމަނިކުފާނަކީ މިޒާޖުގައިވެސް ބަސް މަދު މީހެއްކަމަށެވެ. އަދި ސިޔާސީ ގޮތޮންވެސް އަދި އެނޫން ގޮތްގޮތުންވެސް މަސައްކަތް ކުރައްވާއިރު، ކުރައްވާ ކަންކަމުގެ ވާހަކަ ދެއްކެވުމަކީ ޝައުގު ވެރިކަން ހުންނަ ކަމެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ