އިބްރާހީމް ހުސައިން ޒަކީގެ އަނބިކަނބަލުން އަވަހާރަ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިބްރާހީމް ހުސައިން ޒަކީގެ އަނބިކަނބަލުން އަވަހާރަ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
03 ޖެނުއަރީ 2025 12:10
0

ރައީސް ޑރ. މުހައްމަދު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ހުސައިން ޒަކީގެ އަނބިކަނބަލުން ހުސްނާ މޫސާ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ހިތާމައިގައި ބައިވެރިވެ ވަޑައިގެން އާއިލާއަށް ތައުޒިޔާ ދަންނަވައި، މަރުޙޫމާ ހުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރެއްވި ޒަކީގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން އެ ޕާޓީގެ އިސް މެންބަރުންވެސް ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. މިގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސްގެ އަނބިކަނބަލުން އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އަންހެނުން ކުރީސަފަށް ނެރުމަށް ހިތްވަރު ދެއްވައި، ހުސްނާ އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މަރްޙޫމާ ހުސްނާ މޫސާގެ ކަށުނަމާދު އޮންނާނީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.