ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަަސައްކަތުގެ %65 މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި މިހާރުވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ގޮނޑުދޮށް ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމުގައެވެ.
ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %65 މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް 29 ޑިސެމްބަރ 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް އަންލޯޑު ކޮށްފައި. pic.twitter.com/0hn03Vybd1
— MTCC Plc (@MTCCPlc) December 29, 2020
ރަކީދޫ ބަނދަރު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫޢުގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 429 ސްކޮއަރ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާ ޚަރަދު ވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1 އޮކްޓޯބަރ 2019 ގައެވެ.
ކޮމެންޓު ފޮނުވާ