ރާއްޖޭގެ އެންމެ ދެކުނަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އެންމެ ދެކުނަށް ވައިޓް އެލާޓް ނެރެފި

Author
ހުސައިން
02 ޖެނުއަރީ 2025 12:24
0

މޫސުމާ ބެހޭ ގައުމީ އިދާރާއިން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވައިޓް އެލާޓެއް ނެރެފިވެއެވެ. މި އެލާޓްގެ މުއްދަތަކީ ފަތިހު 4 ޖެހުމާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ އަންގާފައެވެ.

މެޓް އޮފީހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުން ގޯސްވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.