ބަނގުރަލުގެ ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުން ކޯޓުން ދޫކޮށްލައިފި

ބަނގުރަލުގެ ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުން ކޯޓުން ދޫކޮށްލައިފި

Author
ހުސައިން
01 ޖެނުއަރީ 2025 07:48
0

ބަނގުރަލުގެ ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ރޭ ހައްޔަރުކުރި ތިން މީހުން މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު، ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ. މިއީ އާ އަހަރުގެ ފެށުމާ ދިމާކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު މީހުންނެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ސ. ހުޅުދޫ ޗާންދަނީގޭ އަހުމަދު އާނިޝް، އެ ރަށު ހެޕީޑްރީމް، އިބްރާހިމް އަކްމަލް އަބްދުއްސައްތާރު އަދި ގ. ރެއިންބޯ އިސްމާއިލް މާހީން މުސްތަފާ ހިމެނެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.

ކޮންމެ އަހަރެއްގެ އާ އަހަރު ފެށުމާ ގުޅިގެން ފުލުހުން މިފަދަ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގުމަކީ އާންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.