ވަގަށް ނެގި މިލިއަނެއްހާ ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލު ކޮށްފި

ވަގަށް ނެގި މިލިއަނެއްހާ ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލު ކޮށްފި

Author
ހުސައިން
01 ޖެނުއަރީ 2025 07:40
0

ގަލޮޅުގައި ހުރި ގެއަކުން ވަގަށް ނެގި ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. ވަގަށް ނެގި ތަކެތީގެ ތެރޭގައި ކެމެރާއާއި ލެޕްޓޮޕާއި ފޯނާއި އެހެނިހެން ސާމާނުގެ އިތުރުން ފައިސާވެސް ހިމެނެއެވެ.

މި ތަކެތި ހޯދުނީ މައްސަލަ ހުށަހެޅުމާ ގުޅިގެން ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ތަކެތި ހޯދުނު ގޮތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި ވައްކަމުގެ މައްސަލަތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިގޮތުން ކޮންމެ ދުވަހަކުހެން މިފަދަ މައްސަލަތަކުގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް ބަންދުކުރެވެމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.