އެއީ ދިވެހިންނަށް މުޅިން ހިލޭ ގަހަނާ ޑިޒައިންކުރުމާއި ހެދުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ޕޮލިޓެކްނިކުން ހުޅުވާލައިފިއެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން ޖްވެލްރީ ޑިޒައިން އެންޑް މޭކިންގ" ކޯހެވެ.
ޕޮލިޓެކްނިކުން މި ކޯސް ތައާރަފުކޮށްފައިވަނީ އެއްވެސް ކޯސް ފީއެއް ނެގުމަކާ ނުލައި، މުޅިން ހިލޭ ކުރިއަށް ގެންދިއުމަށެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އަސާސީ ތައުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 2 ގެ ފެންވަރު ހާސިލުކޮށްފައިވުން ނުވަތަ 18 އަހަރު ފުރި، ލިޔަންކިޔަން ދަންނަ ފަރާތަކަށްވުން ހިމެނެއެވެ.
ޕޮލިޓެކްނިކުން މި ކޯހަށާއި އެހެނިހެން ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި ކަނޑައަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އޮންލައިން ލިންކެއް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕޮލިޓެކްނިކުން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ