އިންޑިއާއިން ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

އިންޑިއާއިން ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

Author
ހުސައިން
30 ޑިސެމްބަރ 2024 08:27
0

އިންޑިއާއިން ރާއްޖޭގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް އެހީތެރިކަން ފޯރުކޮށެއް ނުދޭނެ ކަމަށާއި، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދުކުރާ ގައުމެއްކަމުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރުމަށް އިންޑިއާގެ އެހީއާއެކު އިދިކޮޅު އެމްޑީޕީން މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓުކޮށް މިއަދު ވޮޝިންގްޓަން ޕޯސްޓުގައި ޝާއިޢުކުރި ލިޔުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ރޭވުމެއްގެ މައުލޫމާތު އެމަނިކުފާނަށް ލިބިފައި ނުވާކަމަށާއި، ބައެއް މީހުން އަބަދަވެސް ހަގީގަތެއް ނެތް ރޭވުންތަކުގެ ވާހަކަ ދައްކާނެ ކަމަށެވެ.

ބައެއް މީހުން އަބަދުވެސް އުޅެނީ ރޭވުންތަކުގެ ވާހަކަ ދައްކަމުން ނަމަވެސް، ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އިންޑިއާއިން އަބަދުވެސް ދެނީ ފުރިހަމަ އެއްބާރުލުމެވެ. އެހެންކަމުން އެފަދަ ކަމަކަށް އިންޑިއާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަކަށް ގަބޫލެއް ނުކުރަން.

ނަޝީދު ވިދާޅުވެފައި ވެއެވެ.

އިތުރަށް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން މިހާތަނަށްވެސް ދިވެހިރާއްޖެއަށް އެއްވެސް ކަމެއް މަޖުބޫރުކޮށްފައެއް ނުވެއެވެ. އަދި އެ ޤައުމުން އަބަދުވެސް ދިވެހިރާއްޖެއާ މުޢާމަލާތް ކުރަމުން އަންނަނީ މިނިވަން، އަދި މުސްތަގިއްލު ޤައުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދުގެ މި އެކްސް ޕޯސްޓަކީ މިއަދު ވޮޝިންގްޓަން ޕޯސްޓުގައި ޝާއިޢުކުރި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތްކުރި ކަމަށް ބުނާ ރިޕޯޓާއި ގުޅޭގޮތުން ކުރައްވާފައިވާ އެކްސް ކޯސްޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.