ހުޅުމާލެ ފޭސް 1 ގައި ހިންގި ރެއިޑެއްގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލެ ފޭސް 1 ގައި ހިންގި ރެއިޑެއްގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފި

Author
ހުސައިން
30 ޑިސެމްބަރ 2024 03:06
0

ހުޅުމާލެ ފޭސް 1 ގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ގަވައިދާ ހިލާފަށް އުޅެމުން ގެންދިޔަ ހަތަރު ބިދޭސީން އިމިގްރޭޝަނުން އިއްޔެ  އަތުލައިގަންފިއެވެ. މި އޮޕަރޭޝަނަކީ އިމިގްރޭޝަން ވޮޗަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެއް ކަމަށްވާއިރު، މި އޮޕަރޭޝަނުގައި އަށް ކެފޭ އަދި ހޮޓާ ވަނީ ބަލައި ފާސްކުރެވިފައެވެ.

މީގެ ކުރިން، މި މަހުގެ 28 ވަނަ ދުވަހު މާލޭގެ ކޮފީ ޝޮޕްތަކަށް އަމާޒުކޮށްގެން ހިންގުނު އޮޕަރޭޝަނެއްގައި ފަސް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި ފާއިތުވި ހަފުތާގައި މާލޭގެ ލޯކަލް މާރުކޭޓު އަދި ހީނާމާގޭ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ހިންގުނު ޓާސްކުފޯސްގެ އޮޕަރޭޝަނެއްގައި 25 މީހުން ވަނީ ހައްޔަރުކުރެވިފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް މިފަދަ އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.